Last Updated: July 27, 17:35
Monday, July 27, 2026
ސިއްހަތު

ޗިކަން ބޯލްސް

* ބޭނުންވާ ތަކެތި:

1 ޖޯޑު ކެއްކި ކުކުޅުމަސް

2/1 1 ޖޯޑު ހަވާދު

މެޔޮނައިޒް

2 ކުކުޅު ބިސް (ރަނގަޅަށް ކައްކާފައި އޮތް)

ލޮނު (ރަހަލާ ވަރަށް)

ބޭނުން ވައްތަރެއްގެ 6 މަދު

* ތައްޔާރު ކުރާނެ ގޮތް:

މަދު ނޫން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށް މޮޑޭށެވެ. ދެން ލާގުޅަ ވަރަށް ނުވަތަ ފަސްއޮށް ވަރަށް ކުދި ގުޅަ ހަދާށެވެ. ދެން މަދުކޮޅު ޗިސްކޮށްލާށެވެ.
ދެން ގުޅަތަކުގެ ބޭރުގައި ފާރޮށިކުނޑި ހާކައި ގޮތަށް މަދު ހާކާލާށެވެ. ކޮންމެ ގުޅައަކަށް އިލޮށިކޮޅެއް ހެރުމަށް ފަހު، ގަޑިއެއްހާ އިރު އައިސް އަލަމާރީގައި ބަހައްޓާށެވެ. މިއީ ޕާޓީތަކަށް ވަރަށް ރަނގަޅު އެއްޗެކެވެެ.