Last Updated: May 12, 06:02
Sunday, May 12, 2024
ޚަބަރު

ރައީސްގެ ސާޖަރީ ކާމިޔާބު، ހާލުކޮޅު ރަނގަޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ސާޖަރީ ނިމިއްޖެ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތުތަކާ ބާރުތައް ނައިބު ރައީސާ ހަވާލުކުރެއްވުމަށްފަހު ކުރެއްވި ސާރޖަރީއާ ގުޅޭ ގޮތުން އެމަނިކުފާނު ވަނީ ޓުވީޓް މެދުވެރިކޮށް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ސިންގަޕޫރުގައި މިއަދު ހެނދުނު ސާޖަރީ ހެއްދެވުމަށް ފަހު މިހާރު އޮންނެވީ ރިކަވަރީގައި ކަމަށް ވިދާޅުވި އެވެ. އަދި އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޓްވީޓްމެދުވެރިކޮށް ޝުކުރު އަދާކުރެއްވި އެވެ.

ތައިރޮއިޑް ފަރުވާ އަކަށް ރައީސް ސޯލިހު ސާރޖަރީއަކަށް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ފައިސަލް ނަސީމް ރައީސުލް ޖުމްހޫރިއްޔާގެ ހުވާ ކުރެއްވީ މިއަދު ހެނދުނެވެ. އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ މައްސޫލިއްޔަތާ ބާރުތައް ނައިބު ރައީސާ ވަގުތީ ގޮތުން ހަވާލު ކުރެއްވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ(ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގަ އެވެ.

މިއީ ރާއްޖޭގައި ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހުވާކުރައްވައިގެން ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.