Last Updated: May 11, 21:25
Saturday, May 11, 2024
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: އިންތި ފުވައްމުލަކުގައިި

އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިތިޔާޒް ފަހުމީގެ ޓީމުން ފުވަމުއްލަކު ސިޓީއަށް ވަޑައިގެން ކެމްޕެއިން ފައްޓަވައިފި އެވެ.

މިއީ އިންތިގެ ޓީމުން މި އިންތިހާބަށް ވަޑައިގެންނެވި ފުރަތަމަ ރަށެވެ. އެ ޓީމް އެރަށަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ފުވައްމުލަކު އެއާޕޯޓުން އެމްޑީޕގެ އާއްމު މެމްބަރުން ވަނީ އިންތިއަށް މަރުހަބާ ކިޔާފަ އެވެ.

މިރޭ ފުވައްމުލަކުގައި އިންތިގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާކަން އެނގިފައިވެ އެވެ. ނަމަވެސް މި ޖަލްސާގައި އިންތިގެ ކެމްޕެއިން ރަސްމީކޮށް ލައުންޖް ކުރާނެ ކަމެއް ސާފެއްނުވެއެވެ.

އިންތިގެ ޓީމްގައި ހިމެނޭ ފާހަގަކޮށްލެވޭ މެމްބަރުން:
– އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
– އެންމެ ފަހުން ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފު
– މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
– ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
– ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
– ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
– ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

އިންތިއަށް ތާއީދު ހޯދުމަށް މާލޭގައި އޭނާ ވަނީ ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާ އެމްޑީޕީގެ އާއްމު މެމްބަރުންގެ ގެތަކަށް ވަޑައިގެންފަ އެވެ. އިންތިއާ މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ. މިއީ އެމްޑީޕީގެ ތާރީހްގައި ބާއްވާ އެންމެ ވާދަވެރި އިންތިހާބަށްވާނެ އެވެ.

މި އިންތިހާބުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ މި އިންތިހާބަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރާނެ ކަމަށް ބެލެވޭ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ދެ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބަކަށް ވުމެވެ.