Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ޤާސިމަށް ފާޑުކިޔަން ޔާމީނަށް ކެރުނީތީ ހައިރާންވަން: ޖޭޕީ

ފޮޓޯ: މިހާރު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުކިޔަން ކުރީގެ ރައިސް އަބްދުﷲ ޔާމީނަށް ކެރުނީތީ ހައިރާންވާ ކަމަށް ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވެއްޖެެވެ.

ގއ. ވިލިނގިލީގައި އިއްޔަ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭންގައި ރައީސް ޔާމީންވަނީ ޤާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުވިދާޅުވާން ކުރީގެ ރައިސް އަބްދުﷲ ޔާމީނަށް ކެރުނީތީ ހައިރާންވަން."

ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދީ ޖުމްހޫރީ ޕާޓީން ބުނެފައިވަނީ، ޔާމީންގެ ވެރިކަން ވޯޓަކުން ބަދަލުކުރެވުނީވެސް ޤާސިމް އިބްރާހިމްގެ އެއްބާރުލުމާ އެކުކަމަށާއި، އަދި ޔާމީނަށް ވެރިކަން ލިބުނީވެސް ޤާސިމް އިބްރާޙިމް ތާއީދު ކުރެެއްވުމުން ކަމަށެވެ.

"މިއަދު މި ރާއްޖޭގެ ރައްޔިތުން ޤާސިމް އިބްރާހިމަށް ތާއީދު ކުރައްވާ، އަދި އެ ތާއީދު އޮތް މިންވަރު ޔާމީނަށް ފެނިވަޑައިގަންނަވާލެއް ބޮޑުކަމުން ޔާމީން، ޤާސިމް އިބްރާހިމްއަށް ފާޑުވިދާޅުވާން ފެއްޓެވުމަކީ އަޅުގަނޑު ހައިރާންވާކަމެއް ނޫން." ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވިއެވެ.

ޖޭޕީން ބުނެފައިވަނީ ކޯލިޝަން ހެދުމަށް އަބަދުވެސް ބޭފުޅުން އަންނަނީ ޖޭޕީ އަށް ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ޓިކެޓްގައި ޤާސިމް އިބްރާހިމް ވެރިކަމަށް ވާދަނުކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ބުނެފައިވަނީ ޔާމީން ދޫކޮށް ޖޭޕީއަށް ގުޅުނު މެމްބަރުންގެ ކޮލިޓީ އެނގިވަޑައިގެން ހުންނަވާ އެބޭފުޅުންނަށް ޔާމީން ފާޑުވިދާޅުވުމަކީ ހައިރާންވާވަރު ކަމެއް ނޫންކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް ޖޭޕީއަށް ގުޅުނު މެމްބަރުން މަސައްކަތް ކުރަމުން އަންނަނީ އިހުލާސްތެރިކަމާއެކު ޤާސިމް ވެރިކަމަށް ގެނައުމަށްކަމަށް ބުނެފައިވެއެވެ.