Last Updated: May 12, 06:02
Sunday, May 12, 2024
ކުޅިވަރު

ނެޓްބޯޅަ ޑިވްލޮޕްމަންޓް ޕްރޮގުރާމެއް ހުޅުމީދު އަށް

ނެޓް ބޯޅަ ޔޫތް ޑިވްމޮޕްމަންޓް ޕްރޮގްރާމްގެ އޯޕަންޑޭގެ ހަރަކާތުގެ ތެރެއިން

ނެޓްބޯޅައިގެ ހުނަރު ތަރައްގީކުރުމަށް ހުޅުދު އާއި މީދޫގައި ނެޓްބޯޅަ ޔޫތު ޑިވްލޮޕްމެންޓް ޕްރޮގުރާމެއް ފަށަން ނިންމައިފި އެވެ.

މިއީ އެން ސްޕޯޓްސް އެކަޑަމީ އާއި މީދޫ އެކުވެރިންގެ ޗެއިން ޖަމިއްޔާއާ ގުޅިގެން އަލަށް ފަށާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު އިއްޔެއިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. އަދި މި ޕޮރޮގުރާމާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ހުޅުދޫގައި އޯޕަންޑޭއެއް ވެސް ބާއްވާފައިވެ އެވެ.

އެންސްޕޯޑްސްގެ ފައުންޑަ އަދި ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް ނީޝާ ހަލީމް ވިދާޅުވީ މިއީ ނެޓްބޯޅައިގައި ކުރިއަ ދާން ބޭނުންވާ ކުދިންނަށް ޅަ އުމުރުގައި އެ ހުނަރު ތަރައްގީކޮށް ދިނުމަށް ހިންގޭ ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން މި ދަށުން ނެޓްބޯޅައިގައި ކުރިއަށް ދިއުމަށް ބޭނުންވާ ފަހި ފުރުސަތުތައް ހޯދައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނެޓް ބޯޅަ ޔޫތް ޑިވްމޮޕްމަންޓް ޕްރޮގްރާމްގެ އޯޕަންޑޭގެ ހަރަކާތުގެ ތެރެއިން

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 6-16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނީޝާ ވިދާޅުވީ މީދު އާއި ހުޅުދު އަށް ހާއްސަކޮށްގެން ހިންގާ އެ ޕްރޮގުރާމް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެ ކަމަށެވެ.

ނެޓް ބޯޅައިގެ ހުނަރު ތަރައްގީކުރުމަށް 2015 ވަނަ އަހަރުން ފެށިގެން މާލޭގައި އެންސްޕޯޓްސް އިން ޕްރޮގުރާމްތައް ހިންގަމުން އަންނަ އިރު، ކުޅުދުއްފުށީގައި އެ ޕްރޮގުރާމް 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ހިންގަމުންނެވެ.