Last Updated: July 18, 17:45
Sunday, July 19, 2026
ކުޅިވަރު

ވެލެންސިއާގެ ލަންކާ ޑިފެންޑަރު މަރުވެފައި އޮއްވާ ފެނިއްޖެ

ޑަކްސަން - ފޮޓޯ: މިހާރު

ވެލެންސިއާ އަށް ކުޅެމުން އައި ސްރީލަންކާގެ ޑިފެންޑަރު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.

ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ އެޓީމުގެ ޑިފެންޑަރު ޑަކްސަން އެވެ. ޑަކްސަން މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭގެ މައްޗަށް 1-0 އިން ވެލެންސިއާ އިން ކުރި ހޯދި މެޗުގައި އަނިޔާގެ ސަބަބުން ޑަކްސަން ކުޅެފައެއް ނުވެ އެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ޑަކްސަން ވަނީ ވެލެންސިއާ އާއެކު ދާދިފަހުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އެ މެޗުގައި ވެލެންސިއާގެ ފަހަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.