Last Updated: June 30, 04:45
Tuesday, June 30, 2026
ޚަބަރު

އަލްހާން ގަޔަށް ވަޅި ހަރައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ގަޔަށް މިރޭ ވަޅި ހަރައި ޒަޚަމްކޮށްލައިފި އެވެ.

އަލްހާންގެ ޢާއިލާގެ މެމްބަރަކު މައުލޫމާތު ދިން ގޮތުގައި އަލްހާންގެ ގަޔަށް ވަޅި ހަރާފައިވަނީ ރައްޓެހި ބަޔަކާއި އެކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބްރޭކް ވޯޓާ ކިޔާ ރެސްޓޯރެންޓް ގައި ހުއްޓާ ފުރަގަހުން އައި މީހަކު ވަޅިހަރައިގެންނެވެ.

މިހާދިސާ އާއި ގުޅިގެން އަލްހާނަށް ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ އިތުރު މައުލޫމާތު އަދި ވަނީ ލިބޭ ގޮތްނުވެފައެވެ.

އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީގައި އަލްހާން ވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީން ބަލިވެފައެވެ. އޭނާ ވަނީ އިންތިހާބް ގަބޫލް ނުކުރާކަމަށް ބުނެ ޕާޓީއަށް މައްސަލަ ހުށަހަޅާފައެވެ.

އަލްހާން ގަޔަށް ވަޅި ހެރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އޭޑީކޭއަށް ވަޑައިގަންނަވަމުން އެބަގެންދަވެއެވެ.

ފުލުހުން ވަނީ މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ނަމަވެސް އަދި އިތުރު ތަފުސީލެއް ލިބޭ ގޮތެއް ނުވެ އެވެ.