"ފަހި ފުރުސަތު" ގެ ނަމުގައި ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގަރާމް ފުޅާކުރުމުގެ ގޮތުން ހޯމް މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑީސީ) ދެމެދު އެމްއޯޔޫއެެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީން ރިހެބިލިޓޭޓްކޮށް، މުޖްތަމައަށް ފައިދާ ހުރި، ރަނގަޅު މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ނެރުމަށް ކުރާ މަސައްކަތްތަށް އެހީތެރިވުމުގެ ގޮތުން ހެދި އެއްބަސްވުމެކެވެ.
ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ. ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހަސަން ސައީދެވެ.
އެމްސީއެސްއިން ޕެރޯލް ދޭ ޤައިދީންނަށް ކުރިއަށް ގެންދާ “ފަހި ފުރުޞަތު” ފޮރޮގްރާމް ފުޅާކުރުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިhttps://t.co/SiEr4OWq9s pic.twitter.com/R4aV74e3nE
— Maldives Correctional Service (@CorrectionsMv) February 27, 2022
އެއް އަހަރުގެ މުއްދަތަށް ސޮއިކުރި އެމްއޯޔޫގެ ދަށުން "ފަހި ފުރުސަތު" ޕްރޮގްރާމް މެދުވެރިކޮށް އެމްސީއެސްގެ ޖަލުތަކުގައި ހުކުމްތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން އުޅުން އެންމެ ރަނގަޅު، މުޖްތަމައަށް އެ ގައިދީންގެ ފަރާތުން ގެއްލުން ނުލިބޭނެ ކަމަށް ޔަގީންވާ ގައިދީން، އެމްއާރްޑީސީއިން ޙަވާލުކުރާ މަސައްކަތްތައް ކުރުމުން އެލަވަންސް ލިބޭ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް އެ ކުންފުނިން ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ވެސް ލިބޭނެ އެވެ.
އޮކްޓޯބަރު 2020 ގައި އިފްތިތާހުކުރި "ފަހި ފުރުސަތު"ގެ ގެ ދަށުން މިހާރު ޕެރޯލް ފުރުސަތު ލިބިފައިވާ މީހުން ސްޓެލްކޯގައި މަސައްކަތްކުރަމުންދެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށާް ވަނީ ދާއިމީ ވަޒީފާ ވެސް ލިބިފަ އެވެ.