މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފަށައިފި އެވެ.
އިއްޔެ އެ ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.
އެ ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހިބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ފެށި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީއަކާ އެކީގަ އެވެ. މި ޕްރޮގްރާމް އެކުލެވެނީ ހަތަރު މަރުހަލާއަކަށެވެ.
ފުރަތަމަ މަރުހަލާ އަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާ އެވެ.
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފި https://t.co/QgTG101HWN pic.twitter.com/XMzg5pEsYn
— Maldives Correctional Service (@CorrectionsMv) February 27, 2022
ދެވަނަ ވަނަ މަރުހަލާއަކީ ރީހިބިލިޓޭޝަން މަރުހަލާ އެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާ އެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށް ދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެ އެވެ.
ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖުތަމައަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމައު އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމުގެ މަސައްކަތްތަކާ އެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތްކުރުމެވެ.
އަދި ހަތަރު ވަނަ މަރުޙަލާ އަކީ އަފްޓަ ކެއާ ސާވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމައަށް ނެރޭ ފަރާތްތައް މޮނިޓަކުރާ މަރުހާ ލާއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުަގއި މި ޕްރޮގްރާމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާގެ ހައްލަށް އެޅޭ އުސް ފިޔަވަޅެކެވެ. އެގޮތުން މީގެ ސަބަބުން ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ ޢާއިލާތަކަށް ކުރާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، ޢާއިލާއާ އެކު އުފާވެރި ޙަޔާތެއް ލިބިދާނެކަން ތަޞައްވަރުނުކުރާ އެތައް ޒުވާނަކަށް މި ޕްރޮގްރާމްގެ ސަބަބުން، އެ ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ އ