Last Updated: July 12, 17:10
Sunday, July 12, 2026
ވިޔަފާރި

އެޕަލްގެ ފަތްޖެހޭ ފޯނުގައި 20 އިންޗި

އެޕަލް އިން ފަތްޖެހޭ ފޯނަކަށް މަސައްކަތްކުރަމުން އަންނަ ވާހަކަ ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެޕަލްގެ ފަތްޖެހޭ ފޯނާ ބެހޭ ގޮތުން މިހާތަނަށް ތިލަވެފައި ހުރީ މުޅިން ވެސް ތުންތުން މަތިން ދެކެވޭ ވާހަކަތެކެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ ވާހަކަތައް ދައްކަނީ "އާދައިގެ" ބައެއް ނޫން ކަމެވެ. އެޕަލްގެ ފަތްޖެހޭ ފޯނާ ބެހޭ ވާހަކަތައް ދައްކަނީ އެ ކުންފުނީގެ އާ އުފެއްދުންތަކާ ބެހޭ މައުލޫމާތު "އަޑިއަޑިން" އެކި ގޮތްގޮތަށް ހޯދާ ޓެކް ރިސާޗަރުން ކަމަށްވާ މާކް ގާމަން އާއި ރޮސް ޔަންގް ފަދަ މީސްމީހުންނެވެ.

.އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެ މީހުންނާ ހަވާލާދީ މިހާރު އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން އެޕަލް އިން ނެރެން މަސައްކަތްކުރަނީ 20 އިންޗީގެ ފަތްޖެހޭ ފޯނެކެވެ. އެހެންވެ މާކް އެ ސިފަކޮށްފައި ވަނީ "އައިޕެޑް/މެކްބުކް ހައިބްރިޑެއް" ގެ ގޮތުގަ އެވެ. މި ޑިވައިސްއާ ބެހޭ އިތުރު ވާހަކަތަކަށް ބަލާ އިރު، މީގައި ފިޒިކަލް ކީބޯޑާއި ޓްރެކްޕެޑެއް ނީންނާނެ އެވެ. އެހެންވެ އެޕަލްގެ ފަތްޖެހޭ ފޯނު ޓައިޕިން އާއި ނެވިގޭޝަން އިންނާނީ ޓަޗްސްކްރީން ބޭސްކޮށެވެ.

ފޯނު ނެރެފާނެ ކަމަށް މިހާރު ބެލެވެނީ 2026 ހިސާބުގަ އެވެ. އެހެންވީމާ އަދި ދިގު އިންތިޒާރެއްކުރަން ޖެހޭނެ އެވެ.