Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އީމާން މަރުވި ކަމަށް އަދި ނުނިންމާ: އޭޑީކޭ

އިއްޔެ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް އަދި ނުނިންމާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އީމާން މަރުވި ކަމަށް މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެވެ.

އޭޑީކޭ އިން ބުނީ އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އީމާން މަރުވި ކަމަށް ޑޮކްޓަރުން ނިންމާފައިނުވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އީމާން ދުއްވަމުންދިޔަ ސައިކަލު ބަމްޕަރެއް މައްޗަށް އެރިވަގުތު ކަހާލައިގެންނެވެ.

އެކްސިޑެންޓަށްފަހު އީމާން ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ފަހުން ވަނީ އޭޑިކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ނޯޓު: އީމާން ނިޔާވި ކަމަށް ކުރިން ލިޔެވިފައި ވަނީ ލިބިފައިވާ މައުލޫމާތުގެ ކުށަކުން. އެކަމަށްޓަކައި އީމާންގެ އާއިލާ އަދި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން.