ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރ. މަޑުއްވަރީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މިއަދު ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެ އިތުރުން 3 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާކަމަށެވެ.
"މަޑުއްވަރީގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އޭޓީއެމް ވިއުގަ އަށް އޭޓީއެމް އިތުރުކުރެވިގެންދިޔުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތުގެ ސަބަބުން މަންފާކުރާނެ." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އެބަތިއްބެވެ.