އެމްއެންޑީއެފްގެ މެރިންކޯގެ އެލީޓް ޔުނިޓް ނުވަތަ މެރިންކޯގެ ޚާއްޞަ ބާރެއް ކަމަށްވާ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ)، ޑިފެންސް މިނިސްޓަރުު މާރިއާ އަޙުމަދު ދީދީ މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.
މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ހާއްސަ ޔުނިޓެކެވެ.
މި ޔުނިޓު އިފްތިތާހުކޮށްފައި މި ވަނީ، ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރު، ނުވަމަސް ދުވަހުގެ ޓްރެއިނިންއެއްގެ ތެރެއިން އުގަންނައި ދިނުމަށް ފަހުގަ އެވެ.
ގިރިފުށީ ޓްރޭނިން ސެންޓަރުގައި މިއަދު ބޭއްވި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ ލައިވް ފަޔަ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލައިފައެވެ. މި ޑެމޮންސްޓްރޭޝަންގައި ނިރުބަވެރި ހަނގުރާމަވެރިންތަކެއްގެ ސްޓްރޯންގް ހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް އެސްއޯޖީ މެރިންސް ވަނީ ދައްކާލައިފަ އެވެ. މި ރެއިޑް އޮޕަރޭޝަންގައި، އެފެކްޓްސް އޮފް ފަޔަރ މެކްސިމައިޒް ކުރުމުގެ ގޮތުން، ކަނޑުމަގުން އޮޓޮމެޓިކް މެޝިން ގަންއަކުން ކަވަރިން ފަޔާ ދިނުމާއި، އެކި ވައްތަރުގެ އެކްސްޕްލޯސިވްސް ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމާއި، މެކޭނިކަލް އަދި އެކްސްޕްލޯސިވްސް ބްރީޗްކޮށްގެން ރޫމްތަކަށް ވަދެ ރޫމް ކްލިއަރ ކުރާނެ ގޮތްތައް ވަނީ ދައްކާލައިފަ އެވެ.
A historic day as we launch the Special Operations Group of MNDF Marine Corps. This elite unit of marines, who underwent rigorous special ops training, will add to the capability of @MNDF_Official by extending our reach & delivering multi-domain options for the Marine Corps. pic.twitter.com/0iWnuXxYwG
— Maj. Gen. Abdulla Shamaal (@CDFofMNDF) February 28, 2022
ނުވަ މަސް ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓް އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި ހިންގި މި ކޯހުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ނިސްބަތްވާ 30 މެރީންސް ބައިވެރިވި އެވެ.
މީގެ ތެރޭގައި އެސްއޯޖީގެ ހަތަރު އޮފިސަރުން ވެސް ހިމެނިލެއްވިއެވެ. މި ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ވަނީ ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފައެވެ. މީގެ އިތުރުން ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ އެސްއޯޖީ ޔުނިޓުގެ ޓެބާއި، އެސްއޯޖީގެ ފްލޭޝް އަދި އެސްއޯޖީގެ ބެރޭ ހަވާލުކުރައްވާފައެވެ. އޭގެ އިތުރުން، ތަމްރީނު ފުރިހަމަކޮށް، ޓެބް ހާސިލްކުރި މެރިންސްއަށް މި ރަސްމިއްޔާތުގައި ވަނީ މަޤާމުގެ ކުރިއެރުން ހަވާލުކޮށްދެއްވައިފަ އެވެ. ތަމްރީނު ފުރިހަމަކުރި އެސްއޯޖީގެ މެރިންސްއަށް ބެރޭއާއި މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މާރިއާ އެވެ. އަދި، މަޤާމުގެ ރޭންކު ހަވާލުކޮށްދެއްވީ މެރީންސްގެ އާއިލާތަކުގެ މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި އެސްއޯޖީ މެރިންސްއަށް އެސްއޯޖީގެ ބެޖާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި އެސްއޯޖީގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.
Additional captures of today's event. pic.twitter.com/5AheuSEmN3
— Maj. Gen. Abdulla Shamaal (@CDFofMNDF) February 28, 2022
އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް ވިލަރެސްކޮށްފައި ވަނީ މެރިން ކޯ ޓްރެއިނިންގ ސްކޫލުންނެވެ.
ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ވޯޓަރބޯން އޮޕަރޭޝަންސް، ޓެކްޓިކަލް ކޮމްބެޓް ކެޝުއަލްޓީ ކެއަރ، ވޯރ ފައިޓިންގް އެންޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގް، ކޮމްބެޓް ޑައިވިންގް، މާޝަލް އާޓްސް، އަދި ޓެކްޓިކަލް ރެޕަލިންގް ފަދަ ބައިތައް ހިމެނެ އެވެ.