އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ އަހުމަދު ޝަރީފަށް ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރުގެ މަގާމު ދޭން ސަރުކާރުން އުޅޭތީ އެކަމާ ރިޝްވަތާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަލީމު އަހުމަދު ގުޅުވައިގެން ފާޑު ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ޝަރީފް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިދާކަށް ދުވަހާ ޖެހެންދެން ހުންނެވީ މިނިވަން ބޮޑު މަޤާމެއްގައި" ކަމަށެވެ.
"މިއަދު ދޭ މަގާމަކީ ރިޝްވަތު ނޫން ގޮތަކަށް މާނަކުރެވޭނެތޯ؟ ކުރެވޭ ތުހުމަތުތައް ޔަޤީންވީ،" ޖަމީލު ވިދާޅުވި އެވެ.
އޭނަގެ ޓްވީޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ޓެގްކުރައްވައި ރައީސާ އެމްޑީޕީން ދައްކާ ޑިމޮކްރަސީ ވަރަށް ލަދުވެތި ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފު އީސީގައި ހުންނެވި އިންތިހާބުތަކަށް އޭނާ ނުފޫޒު ފޯރުވައި ނަތީޖާ އޮޅުވައިލަން މަސައްކަތްކުރެއްވިކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އީސީން ޝަރީފް ވަކިވެވަޑައިގެންނެވީ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވުވުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި އޭނާ ސްޓެލްކޯގެ އެމްޑީއަކަށް އައްޔަން ކުރަން ސަރުކާރުން މަސައްކަތްކުރާ އިރު، ފެނަކަގެ އެމްޑީޕީގެ މަގާމު "ޑިމާންޑް ވެސް ކުރެއްވި" އެވެ. އޭނާ އަކީ ކުރިން ވެސް އެ ކުންފުނީގެ އެމްޑީޕީގެ މަގާމު ފުރުއްވި ބޭފުޅެކެވެ.