މިހާރު ވެސް މަސްދަޅު ވިއްކާ އަގުގައި ކުރިއަށް އޮތް ރޯދަ މަހު ވެސް ކަސްޓަމަރުންނަށް މަސްދަޅު ލިބޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން މިހެން ބުނެފައި މި ވަނީ މަސްދަޅުގެ އަގުބޮޑުކުރަން ނިންމާފައި ވަނިކޮށް، އެކަން މި ވަގުތަށް މަޑުޖައްސައިލުމަށް ފަހު އެވެެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ އަތުން މަަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކުރާ ގޮތަށް ކުރިން އޮތް ނަމަވެސް ރޯދަ މަހުގެ ޕްރޮމޯޝަނާ އެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
Press release pic.twitter.com/EihUyN8xVi
— MIFCO (@mifcomv) February 28, 2022
"އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިފްކޯގެ އުފެއްދިންތައް ހުސްނުވެ މިފްކޯގެ ފިހާތަތަކުން ލިބެން ހުންނާނެކަމުގެ ޔަގީންކަން މިފްކޯގެ ކަސްޓަމަރުންނަށް އަރުވަމެވެ." ބަޔާނުގައި ބުންޏެވެ.
ކުރިން ނިންމި ގޮތަށް މަސްދަޅުގެ އަގުބޮޑުކުރި ނަމަ ކޭހަކުން ގާތްގަނޑަކަށް 50-60ރ. ބޮޑުވެގެން ދާނެ އެވެ.