ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މިއަދު ހެނދުނު 07:42 ގައި އީމާން ނިޔާވެފައިވާކަމަށް ނިންމާފައިވާކަމަށެވެ.
އާދީއްތަ ދުވަހު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި އީމާން ދުއްވަމުންދިޔަ ސައިކަލު ބަމްޕަރެއް މައްޗަށް އެރިވަގުތު ކަހާލައިގެންނެވެ.
އެކްސިޑެންޓަށްފަހު އީމާން ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ފަހުން ވަނީ އޭޑިކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.