Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލު ރަނގަޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައިރޯޑް އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި، ހާލު ރަނގަޅު ކަމަށެވެ.

އަދި ވިދާޅުވި ވަރަށް އަވަހަށް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހް ތައިރޯޑް އޮޕަރޭޝަނެއް ކުރައްވާފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.