އެސްޓީއޯގެ "ހޯލްސޭލް ޕްރޮމޯޝަން" ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 އާ ހަމައަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގަ އެވެ.
އެސްޓީއޯ އިން ހިންގާ އަހަރުގެ ބޮޑު ސޭލް "އެސްޓީއޯ ރަމަޒާން ބަޒާރު 2022" ގެ ތެރެއިން ކުރިއަށް ގެންދާ "ހޯލްސޭލް ޕްރޮމޯޝަން" ގައި ތިން ނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ދޭނެ އެވެ. މީގެ އިތުރުން ކޮންމެ ހަފުތާ އަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1،500ރ. ގެ ގިފްޓް ވައުޗާއެއް ދޭނެ އެވެ.
ޕްްރޮމޯޝަން ގައި ކަސްޓަމަރުންނަށް ދެ އޮފާއެއް ލިބޭނެ އެވެ.
Exciting News!
STO Wholesale Promotion has commenced today with incredible offers and more! 🥳🎊
Purchase your wholesale products and stand a chance to win a “Rashu Pickup” for 3 😀🎊
▪️Promotion valid till | 30th April 2022 #STORamazanBazaar #STOWholesalePromotion pic.twitter.com/l5Ei8mWyK9— STO (@stoplc) March 1, 2022
އެގޮތުން "ބަންޑްލް އޮފާ" ގެ ތެރެއިން "ކްރޫގާ" ބްރޭންޑްގެ 400 ގްރާމް ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ ދެ ކާޓަންއަކަށް 400ގްރާމް ކްރޫގަ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާރޓަންއެއް ހިލޭ ލިބޭނެ އެވެ. އަދި ކްރޫގަ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް 400 ގްރާމް ކާޓަންއެއްގަތުމުން ކުރޫގަ ކޮކޯ ޕައުޑާގެ 250 ގްރާމް ގެ ކާޓަންއެއް ހިލޭ ލިބޭނެ އެވެ..
މީގެ އިތުރުން "އަލްނޫރު" ބްރޭންޑްގެ ހިކި ކިރުގެ ކޮންމެ ދެ ކާޓަންއަކަށް ޑާކް ޗޮކްލެޓް ޕާސްތާ ނުސާ 400 ގްރާމް އެއް ކާޓަން ހިލޭ ލިބޭނެ އެވެ.
"ހޯލްސޭލް ޕްރޮމޯޝަން" ގެ "ކޫޕަން އޮފާ" ގެ ތެރެއިން ކޮންމެ 1،000ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މީގެ ތެރެއިން ކޮންމެ ހަފްތާ އަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1،500ރ. ގެ ގިފްޓް ވައުޗާ އެއް ލިބޭނެ އެވެ.
މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ހިލޭ ލިބޭނެ އެވެ.
އެސްޓީއޯ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ކުރިއަށް ގެންދާ ޕްރޮމޯޝަން އިރު "އެސްޓީއޯ ރަމަޒާން ބަޒާރު" ހޯމް އިމްޕްރޫވްމަންޓް ފިހާރަ އާއި ރީޖަނަލް ފިހާރަތަކުގައި 30 އޭޕްރިލް 2022 އާއި ހަމައަށް ކުރިއަށް ދާނެ އެވެ.
އެސްޓީއޯ ސުޕަމާޓްގައި "ރަމަޒާން ބަޒާރު ސޭލް" މި މަހު ފަށާނެ އެވެ.