މިއަދުން ފެށިގެން މިފްކޯ އިން މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު 17ރ. އަށް ބޮޑުކޮށްފި އެވެ.
މިއަދުން ފެށިގެން އަގަށް ބަދަލު ގެނައުމުގެ ކުރިން މަސް ކިލޯއެއް ގަންނަމުން އައީ 16ރ. އަށެވެ. ސަރުކާރުގެ މަސް ކުންފުނިން އަގަށް މި ގެނައި ބަދަލާ އެކު އައިސް އެޅި 1.5 ކިލޯއިން މަތީގެ މަސް ކިލޯއެއް 17ރ. އަށް ގަންނަ އިރު، އައިސް ނާޅާ 1.5 މަތީގެ ކިލޯއެއް ގަންނާނީ 15ރ. އަށެވެ.
މީގެ އިތުރުން 1.5 ކިލޯ ދަށުގެ އައިސް އެޅި މަސް ކިލޯއެއް 9ރ. އަށް ގަންނަ އިރު، އައިސް ނާޅާ ނަމަ ގަންނާނީ 7ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލައި ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނާނެ އަގުތައް pic.twitter.com/s4uJ6uZWJU
— MIFCO (@mifcomv) March 1, 2022
މިފްކޯ އިން ބުނީ ކިލޯއަކުން ރުފިޔާއެއް ބޮޑުވުމުން، އެއީ ޓަނަކުން 1،000ރ ގެ ބޮޑުވުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަހުގެ އަގަށް އިތުރު ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް ބުންޏެވެ.
މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކުރި ނަމަވެސް ދަޅުމަސްވިއްކާ އަގު ބޮޑުނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.