Last Updated: May 4, 20:25
Saturday, May 4, 2024
ކުޅިވަރު

ކޮމަންވެލްތު ގޭމްސް އަށް 12 އެތުލީޓުންގެ ސްކޮޑެއް

މި އަހަރުގެ ޖުލައިގައި ފަށާ ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 12 ދުވުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ޖުލައި 28 އިން އޮގަސްޓް 8 އަށް އޮންނަ ކޮމަންވެލްތު ގޭމްސް އަށް ނެގި ސްކޮޑްގައި ހިމެނެނީ ފިރިހެން ފަސް އަދި އަންހެން ހަ އެތުލީނުންނެވެ.

ފިރިހެނުން އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އިބާދުﷲ އާދަމް، އަހުމަދު ވިސާމް، ހުސައިން ރިޒާ، އިބްރާހީމް ނާހިލް ނިޒާރެވެ. އަންހެން އެތުލީޓުންނަކީ މަރިޔަމް ރޫޔާ ޢަލީ، ޢާއިޝަތު ހިމްނާ ހަސަން، ސާރާ މަސްއޫދު، ޢާއިޝަތު ޝަބާ ސަލީމް، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުޙައްމަދެވެ.

އެތުލެޓިކްސް އެސޯސިއޭޝަން މި 12 އެތުލީޓުންގެ ސްކޮޓް އެކުލަވައިލީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ އާއި އަތޮޅު ތެރޭގައި ބޭއްވި ޓައިމް ޓްރައަލްގެ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ.