Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

އެސްޓީއޯ އިން ތެޔޮ ޓެސްޓްކުރާ ލެބޯޓަރީއެއް

ރާއްޖެ އަޑް އެތެރެކުރާ ތެޔޮ ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ތެޔޮ ޓެސްޓްކުރާ ލެބޯރަޓަރީއެއް މިއަދު ހުޅުވައިފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އެތަނުގެ ޓްރޭޑް ސެންޓަރުގައި ގާއިމުކުރި ލެބޯޓްރީ އިފުތިތާހުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހާމިދު ނަޝީދު މުހައްމަދާއި ބޯޑް މެންބަރު އައިމިނަތު ރުޝްމާ އެވެ.

ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯ އިން ހުޅުވި މި ލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ، މިހާރު ރާއްޖޢން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ހާއްސަކޮށް އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖޭން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެ ކުންފުނިން ހަރަދުކޮށްގެން ހުޅުވާފައިވާ ލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.

މީގެ އިތުރުން، ލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓަރސްތަށް ވެސް ޓެސްޓްކުރެވޭނެ އެވެ.

ލެބޯޓަރީ ހުޅުވުމާއި އެކު، ޖީސީސީ އެކްރެޑިޓޭޝަން ސެންޓަރު (ޖީއޭސީ) އިން މި ލެބޯޓަރީ އަށް އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރެޑިޓޭޝަން ލިބޭނެ އެވެ. އެހެންވެ މި ލެބޯޓްރީވެގެން ދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ތަނަކަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ އެވެ. އަދި މިފަދަ ލެބޯޓަރީއެއް އެސްޓީއޯ އިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.