Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ރައީސް ނަޝީދު މޯލްޓާ އަށް ވަޑައިގަންނަވަނީ

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޯލްޓާގައި ބާއްވާ "ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގައި ބައިވެރިވުމުގެ ދައުވަތު ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވުމަށް މަޖިލީހުގެ އިތުރު ދެ މެންބަރުންނާއެކު މޯލްޓާއަށް މިރޭ ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.

އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދިއްތަ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.