މަކަރާއި ހީލަތުގެ މައްސަލައެއްގައި އައްޑޫ ހުޅުދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ތަހުގީގަށް ހޯދަން އިއުލާންކޮށްފައި ވަނީ ހުޅުދޫ އިރުވައި އަހުމަދު އުނައިސް، 39، އެވެ.
ފުލުހުން ބުނެފައި ވަނީ ކުޑަހުވަދޫ ޕޮލިހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އާއިލާ އަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ވަނީ ހޯދުމަށް އިއުލާނު ކޮށްފައިވާ އުނައިސް، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ހާޒިރުވުމަށެވެ.
މިގޮތަށް ތަހުގީގަށް މީހުން ހޯދުމަށް އިއުލާނު ކުރަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.