Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

މުގުނީ އަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ހަސަން މުގުނީ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދުރުކުރި ހަސަން މުގުނީއަށް އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

ރައީސް އޮފީހުން ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުގުނީ އައްޔަނު ކުރިކަން ހާމަކޮށްފައެވެ.

މުގުނީ އެންމެފަހުން ހުންނެވީ ސްޓެލްކޯގެ އެމްޑީގެ މަގާމުގައެވެ. އެ މަގާމުން މުގުނީ ދުރުކޮށް ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފުއެވެ.

ހަސަން މުގުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާސިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

މުގުނީ އަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.