ހުޅުމާލެ ފޭސް2 ކުން މާލެއަށް ސީދާ ބަސްދަތުރުތައް ފަށައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ޓްރެފިކް ގޯސް ނޫންނަމަ ބަސްތައް ދަތުރުކުރާނީ ކޮންމެ އެއް ގަޑިއިރަކުން ކަމަށެވެ.

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށިފަހުން އެ ސަރަހައްދަށް ދެމުން އަންނަ ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ބުނެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން އެ ސަރަހައްދަށް ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ދެވޭނެކަމަށެވެ.