Last Updated: July 18, 17:45
Sunday, July 19, 2026
ކުޅިވަރު

ހިތަދޫ އައުޓްޑޯ ޖިމް ހުޅުވައިފި

އައްޑޫ ހިތަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް އާއްމުންނަށް މިއަދު ހުޅުވާލައިފި އެވެ.

މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމެކެވެ. މި އައުޓްޑޯ ޖިމް ގާއިމުކޮށްފަައި ވަނީ ހިތަދޫ ސިޓީ ސްކޮއާގަ އެވެ. އެތަނުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް ބަހައްޓާފައިވެ އެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމު ކުރުމުގެ މަސައްކަތް ފަށައި ބައެއް ރަށްރަށުގައި މިހާރު އެ ތަންތަން އަންނަނީ ބޭނުން ކުރަމުންނެވެ. މި ޖިމްތަކުގައި ބޭނުން ކުރާނެ ސާމާނު ވެސް އިންޑިއާ އިން ވަނީ ފޯރުކޮށް ދީފަ އެވެ.

އިންޑިއާ އިން ދިން މި އެހީގެ ދަށުން އެކި ރަށްރަށުގައި ގާއިމުކުރާ ޖިމްތަކަށް އަށް މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.