Last Updated: June 30, 04:45
Tuesday, June 30, 2026
ޚަބަރު

އަލްހާންގެ އޮޕަރޭޝަން ކާމިޔާބު: އާއިލާ

ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ރޭ ދަންވަރު ސްރީލަންކާއަށް ގެންގޮސް ކުރި މައިބަދަ އޮޕަރޭޝަން ކާމިޔާބް ކަމަށް އާއިލާއިން ބުނެފި އެވެ.

އާއިލާގެ މެމްބަރަކު ބުނީ އަލްހާންގެ މައިބަދަ އޮޕަރޭޝަން ލަންކާގެ ސެންޓްރަލް ހޮސްޕިޓަލުން ކުރުމަށް ތިން ގަޑިއިރު ނަގާފައިވާކަމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ އަލްހާންގެ އޮޕަރޭޝަނާއި ބެހޭ ގޮތުން އިތުރު އެެއްޗެއް ބުނަން އެނގެނީ އޭނާ ހޭއެރުމުން އަލްހާން މި ވަގުތު އޮތީ އައިސީޔޫގައި ކަމަށާއި ހޭއަރަން ދެ ގަޑިއިރެއްހާ އިރު ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލްހާން ރޭ ދަންވަރު ލަންކާއަށް ފުރުވާލުމުގެ ކުރިން އާއިލާއިން ބުނެފައިވަނީ އޭނާގެ ވާއަތުފައިގެ ވާގި ނެތްކަމަށެވެ. އަދި މައިބަދަ ކައިރީ ހުރި ނާރެއް ބުރިވުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.

އަލްހާންގެ ގަޔަށް ވަޅި ހަރާފައިވަނީ އާޓިފިޝަލް ބީޗްގައި ހުންނަ "ބްރޭކް ވޯޓާ" ކެފޭގައި ތިއްބާ ފުރަގަހުން ދިޔަ މީހަކު ހަމލާދިގެންނެވެ. މި ހަމަލާ ދިންވަގުތު އަލްހާން އާއި އެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި ކުރިން ޖޭޕީގައި އުޅެފައި ދާދި ފަހުން އެމްޑީޕީ އާއި ގުޅުނު މޫސާ ރަމީޒް އާއި އަލްހާންގެ ކޮއްކޮ އަޒްބާން ފަހުމީވެސް ހުރިއެވެ.

މިހަމަލާއާއި ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް އޭގެ ތެރެއިން 2 މީހަކުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރު ކޮށްފައިވާ އިރު އެދެމީހުންނަކީ ސ.ހިތަދޫ އަށް ނިސްބަތްވާ ޒުވާނަކާއި ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ. އަދި ތިން ވަނަ މީހަކީ އުނގޫފާރު ދާއިރާގެ މަޖްލިސް މެމްވަރު އަވަހާރަކޮށްލި ހ. ލޮބީ އހުމަދު ހުމާމުގެ ބޭބެ މުހައްމަދު ކިނާނަތުއެވެ. ނަމަވެސް ކޯޓުން މުއްދަތު ޖަހަން އޭނާ މިއަދު ގެންގޮސްފައި ނުވެއެވެ.