އެޕަލް ކުންފުނީގެ އުފެއްދުންތަކެއް ދައްކައިލަން މި އަހަރު ބާއްވާ ފުރަތަމަ އިވެންޓް މި މަހުގެ 8 ގައި ބާއްވަން ނިންމިކަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން "ޕީކް ޕަފޯމަންސް" ޓެގްލައިންގެ ދަށުން ބާއްވާ ވާޗްއަލް އިވެންޓަށް އެޕަލްގެ އަހުލުވެރިންނަށް ދައުވަތު ދިން ނަމަވެސް އިވެންޓާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ނުދެ އެވެ. އެހެންވެ އެ އިވެންޓްގައި ދައްކައިލާނެ އުފެއްދުންތަކަކީ ކޮބައި ކަމެއް ވެސް މުޅިއަކުން ސާފެއް ނުވެ އެވެ.
އެކަމަކު އެޕަލްގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ތިލަކޮށްދޭ ޓެކް ރިސާޗަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ކުރިން ވެސް އަޑު އަރާފައި އޮތް ގޮތަށް އިވެންޓްގައި އެޕަލް އިން ނެރޭ އަގުހެޔޮ ފޯނެއް ކަމަށްވާ 5ޖީ ނެޓްވޯކާ ވެސް އެކު ނެރޭ އައިފޯން އެސްއީ ދައްކައިލާނެ ކަމަށެވެ.
Peek performance. March 8th. See you there. #AppleEvent pic.twitter.com/cEKMq7BuBh
— Greg Joswiak (@gregjoz) March 2, 2022
އެ ޑިވައިސްގެ އިތުރުން ދެން ދައްކައިލާނެ ކަމަށް ބެލެވޭ އުފެއްދުމަކީ އައިޕެޑް އެއާގެ އެންމެ ފަހުގެ މޮޑެލް އެވެ. މިއީ ވެސް 5ޖީއާ އެކު އަދި މުޅިން އާ ސީޕީޔޫ ވެސް ހިމެނޭ ގޮތަށް ނެރޭނެ ޑިވައިސްއެކެވެ.