ހަދަން ނިންމާފައި ހުރި ރަޝިއާގެ ކޮންޓެންޓްތަކާއި އެ ގައުމުގެ އުފެއްދުންތައް ގަތުން ހުއްޓާލަން ނިންމާފައިިވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން ބުނެފި އެވެ.
އެ ކުންފުނިން މި ގޮތަށް ނިންމި ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅުކަން ހާމަކޮށް، އެ ގައުމަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި މިހާރު ނިންމާފައި އޮތީ ރަޝިއާގެ އެއްވެސް އުފެއްދުމެއްގައި އެތަނުން ބައިވެރިނުވުމެވެ. އެހެންވެ މި މި ވަގުތު މަސައްކަތްތައް ފަށާފައި ހުރި އެއްޗެހީގެ މަސައްކަތްތައް ވެސް ހުއްޓާލާފައިވާ ކަމަށާއި ނެޓްފްލިކްސްގެ މެދުވެރިކޮށް ރަޝިއާގެ އެއްވެސް ޗެނެލެއް ވެސް ނުބެލޭ ގޮތަށް ހަދާފައިވާ ކަމަށް ބުންޏެވެ.
More sanctions imposed — faster peace restored in Ukraine! I’ve addressed to @SAP and @Oracle for support! pic.twitter.com/oGoRi1iOBa
— Mykhailo Fedorov (@FedorovMykhailo) March 2, 2022
ނެޓްފްލިކްސް ކަހަލަ ޓެކްނޮލޮޖީއާ ގުޅުން ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އެމެރިކާގެ އެޕަލް އާއި ކުލައުޑް ކޮމްޕިއުޓިން ކުންފުނި، އޮރޭކަލް ކޯޕަރޭޝަނުން ވެސް ވަނީ ރަޝިއާ އަށް ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.
On behalf of Oracle’s 150,000 employees around the world and in support of both the elected government of Ukraine and for the people of Ukraine, Oracle Corporation has already suspended all operations in the Russian Federation.
— Oracle (@Oracle) March 2, 2022
ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން މިހާރު ރަޝިއާ ފެއަށް ޖެހެމުން އަންނަ އިރު، އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރު މިކާއީލޯ ފެޑެރޯވް ވެސް ގެންދަނީ ބޮޑެތި ކުންފުނިތަކުން ރަޝިއާ އަށް ދަތިކުރަން ގޮވައިލައްވަމުންނެވެ.