Last Updated: June 30, 04:45
Tuesday, June 30, 2026
ޚަބަރު

ހަމަލާ ދިން ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރު

އަލްހާންގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި ސަމީހު (ކ) އަދި ނަސީމް ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހާފައިވާ ދެ މީހުންގެ ތެރޭގައި ހިތަދޫ މީހަކާއި ފުވައްމުލަކު ހިމެނިއްޖެ އެވެ.

އަލްހާންގެ ބުރަކަށްޓަށް ވަޅިން ހަމަލާދީ ފިލަން އުޅުމުގެ ތެރޭގައި ފުލުހުން ހައްޔަރުކޮށް މިއަދު ބަންދުގެ މުއްދަތު ޖަހާފައި ވަނީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމު އާއި ފުވައްމުލަކު، ދަނޑިމަގު ޝައިނީ، ސަމީހު އެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހ. ލޮބީ، މުހައްމަދު ކިނާނަތު މިއަދު ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

ރޭ 9 ޖަހާކަށްހާއިރު އާޓިފިޝަލް ބީޗްގައި ހުންނަ "ބްރޭޚް ވޯޓާ"ގައި މެޓްރިކްސް މޯޑް އާއި، އަލްހާންގެ ކޮއްކޮ އަޒްބާން އަދި މޫސާ ރަމީޒް (ތަލަ މޫސަ) އާއި އެކު ހުއްޓާ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އަލްހާންގެ ވާއަތު ފައިގެ ވާގިނެތްކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އަދި ރޭ ދަންވަރު ލަންކާއަށް ގެންގޮސް 3 ގަޑި އިރުގެ މައިބަދަ އޮޕަޜޭޝަނަކަށް ފަހު އަލްހާން މިވަގުތު އޮތީ ހޭނާރާ އައިސީ ޔޫގައެވެ. އަލްހާންގެ އާއިލާ މެމްބަރަކު ބުނެފައިވަނީ އޭނާގެ އޮޕަރޭޝަން ކާމިޔާބްކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އަލްހާން ވަނީ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ބަލިވެފައެވެ. ރޭގެ ކޮފީއަކީ އަލްހާންގެ ސިޔާސީ ކުރިމަގާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށް އަލްހާން އާއި އެކު އެވަގުތު ހުރި މޫސަ ވަނީ ބުނެފައެވެ.