ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ އެއް މޯޓިވޭޝަނަލް ސްޕީކާ ހުސައިން އަފީފުގެ ލެކްޗާއެއް މިރޭ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ލެޗްކާ ކުރިން ބާއްވާ ގޮތަށް އޮތީ އަންގާރަ ދުވަހުގެ ރެ އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި މިރެއަށް ފަސްކުރަން ޖެހުނީ ކަމަށް ކެމްޕަހުން ބުންޏެވެ. މިރޭ 8:00 ގައި ފަށާ މި އިވެންޓްގައި އަފީފު މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާނީ ލީޑަޝިޕް ދެމެހެއްޓުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނެވެ.
ހިތަދު އަށް ނިސްބަތްވާ އަފީފަކީ މިހާތަނަށް މިފަދަ އެތައް ލެކްޗާއެއް ރާއްޖޭގެ އެކި ހިސާބުތަކާއި ރާއްޖޭން ބޭރުގައި ވެސް ދެއްވާފައިވާ ކަމުގެ އިލްމާއި ހުނަރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނަ އަކީ ސެޓިފައިޑް ސްޕީކާއެއް، ލައިފް ކޯޗެއް އަދި މެންޓޯއެކެވެ.