މި މަހު މުޅިން އަލަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ފަސް ޖަޖުންގެ ޕެނެލް އިއުލާންކޮށްފި އެވެ.
މި ޕެނަލް އިއުލާންކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓަކުންނެވެ. ޕެނަލްގައި އަހުމަދު ޝާހިރު، އަބްދުލް ނާފިޔު ތައުފީގް، އަލީ ސަލީމް، އިސްމާއީލް ސުޖާއުގެ އިތުރުން އާމިނަތު ނާޝިދާ އެވެ. ޖަޖުންގެ ޕެނެލްގައި ހިމެނޭ މީހުންނަކީ އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު މީހުންނެވެ.
Introducing the judges for #MaldivesSportsAwards2022;
1. Abdul Nafiu Thaufeeq
2. Aminath Nashidha
3. Ali Saleem
4. Ahmed Shahir
5. Ismail Sujau pic.twitter.com/MBUQYxeUUe— Ahmed Mahloof (@AhmedMahloof) March 3, 2022
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.
* ކޮންމެ އެސޯސިއޭޝަނަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓް
* އަހަރުގެ އެންމެ މޮޅު ސްޕެޝަލް އެތުލީޓު
* އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗު
* އެންމެ މޮޅު އަންހެން އަދި ފިިރިހެން ޓެކްނިކަލް އޮފިޝަލް
* އެންމެ ރަނގަޅު ސްޕޯޓްސް މެޑިކް
* އަހަރުގެ އެންމެ ވަރުގަދަ ކުޅިވަރުގެ ފިރިހެން އަދި އަންހެން ޝަހުސިއްޔަތު
* އަހަރުގެ އެންމެ އުއްމީދީ އެތްލީޓު
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
* އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ
* އަހަރުގެ އެންމެ މޮޅު ފޮޓޯ ނޫސްވެރިޔާ
* އަހަރުގެ އެންމެ ރަނގަޅު ބްރޯޑްކާސްޓް މީޑިއާ
* އަހަރުގެ އެންމެ ރަނގަޅު އޮންލައިން މީޑިއާ
* އަހަރުގެ އެންމެ ރަނގަޅު އެސޯސިއޭޝަން