Last Updated: July 18, 17:45
Sunday, July 19, 2026
ކުޅިވަރު

ކްރިކެޓް ލެޖެންޑް ޝޭން ވާން މަރުވެއްޖެ

އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް ޝޭން ވާން މަރުވެއްޖެ އެވެ.

އުމުރުން 52 އަހަރުގައި ވާން މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ތައިލޭންޑުގައި އޭނާ ހުރި ވިލާގެ ތެރެއިންނެވެ.

ސްޕިން ލެޖެންޑުގެ ނަމުން މަޝްހޫރު ވެފައިވާ ވާން އަކީ 1999 ވަނަ އަހަރު އޮސްޓްރޭލިއާ އަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ވާން ކްރިކެޓް ކުޅުން ހުއްޓާލީ 2007 ވަނަ އަހަރު އެވެ.

ކްރިކެޓް ކުޅުން ހުއްޓާލުމަށްފަހު ވާން މަސައްކަތް ކުރަމުން ގޮސްފައިވަނީ ކްރިކެޓް މެޗުތަކުގެ ކޮމެންޓްރީ އަދި އެނަލިސްޓެއްގެ ގޮތުގަ އެވެ. އަދި އޭނާ ވަނީ ކޯޗިން ބައެއް ރޯލުތައް ވެސް އަދާކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވާން މަރުވިއިރު އޭނާގެ ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.