Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އުނގޫފާރު މަގު ހެދުމުގެ މަޝްރޫއު ބާރަށް ކުރިއަށް

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއު ބާރަށް ކުރިއަށްދަމުން އަންނަކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މިހާރު ކުރިއަށް ދަނީ ކޭބަލް ޖަންކްޝަންއާއި، ކާރބް ގައު އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއަކީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.