Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ހުޅުމީދޫގައި ކުނިތަކެއްގައި ރޯވެ ސިފައިން ހަރަކާތްތެރިވަނީ

ހުޅުމީދޫގައި ކުނިތަކެއްގައި ރޯވެ ސިފައިން ހަރަކާތްތެރިވަނީ--

އައްޑޫސިޓީ ހުޅުމީދޫގައި ކުނިތަކެއްގައި އަލިފާން ރޯވެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، އައްޑޫ ސިޓީ ހުޅުމީދޫ ވެމްކޯ އޮފީސް ކައިރި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:31 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މި އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި މިކަމާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.