Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ހިޔާ ފްލެޓްގެ ފާރުތައް ނުކަނޑަން އަންގައިފި

ހިޔާ ފްލެޓް ސަރަހައްދު-- ފޮޓޯ: އައްޑޫލައިވް

ހިޔާ ފްލެޓްގެ ފާރުތައް ކެނޑުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެގޮތަށް އަމަލުކުރުމަކީ މަނާ ވެސް ކަމެއް ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ އެކިއެކި ބޭނުންތަކަށް ހިޔާ ފްލެޓްގެ ލެޑްބެއާރިންގ ފާރުތައް ކެނޑުމަކީ މުޅި އިމާރާތަށް ނުރައްކާވެދާނެ ކަމެއްކަމަށެވެ. އެހެންކަމުން އެއްވެސް ހާލެއްގައި އެ ފާރުތައް ކެނޑުމަކީ މަނާކަމެއް ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓްގައި އެފަދަ ތަނެއް ކަނޑާ ފަރާތްތައް ޖުރިމަނާކުރެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓެއް އަޅާފައިވާއިރު އެތަނުގައި ތަށިމުށި ޖަހާ ބޮކި ފަންކާ ދޮރު ހަރުކުރުމާއި ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަކީ އެތަނެއްގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. އަދި މިގޮތަށް މަސައްކަތް ކުރުމުގައި ބައެއް ފަރާތްތަކުން ހިޔާ ފްލެޓްގެ ބައެއް ފާރުތައް ކަނޑާފައި ހުންނަކަން ފާހަގަކުރެވެއެވެ.