Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

މިފްކޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން މިދިޔަ ހަފުތާގައި އެސްޓީއޯ އިން ތެޔާ ވިއްކާ އަގު ބޮޑުކޮށްފައި ވަނިކޮށް، އެ ކުންފުނީގެ ދަށުން ހިންގާ މިފްކޯ އިން ވެސް ޑީސެލްގެ އަގުބޮޑުކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ބުނީ މިއަދުން ފެށިގެން ދޯނިފަހަރުތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ. އަށް ކަމަށެވެ. އެ ނޫން ފަރާތްކަށް ޑިސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ. މިގޮތަށް އަގަށް ބަދަލު ގެނައުމުގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް 12.68ރ. އަދި އާންމު ފަރާތްތަކަށް ލީޓަރެއް 15ރ. އަށް ވިއްކި އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާ އިރު ޑީސަލް ލީޓަރެއް މިހާރު 14.80ރ. އަށް ވިއްކާ އިރު، ޕެޓްރޯލް ލީޑަރެއްގެ އަގަކީ 14.60ރ. އެވެ.