Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އެސްޓީއޯގެ އޭޖެންޓުންގެ އަދަދު 136 އަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މުދާ އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކަން އިތުރު އޭޖެންޓްތަކުންތަކެއް ހަމަޖައްސައި، އެ ފަރާތަކަށް ރަސްމީކޮށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ވަރަށް ފުޅާކޮށް ހޯސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބުނީ އެތަނުގެ ޕީޕަލްސް ޗޮއިސް އިން އޭޖެންޓުންނަށްވުމަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މިހާތަނަށް އޭޖެޓުންގެ ގޮތުގައި 136 ފަރާތެއް އެބަތިބި ކަމަށެވެ.

އޭޖެންޓުންގެ މައިގަނޑު ބޭނުމަކީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ މުދަ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. އަދި އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ.

"ޕީޕަލްސް ޗޮއިސް އޭޖެންޓް ކަމަށް ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ އިރު، މި ކަމުގައި ވިޔަފާރިވެރިން ދެއްވާ އެއްބާރުލުން ފާހަގަކޮށްލެވޭ. މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް އަދި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ތިބި އިރު މި ފަރާތްތަކަށް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެ،" އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ މުދާ ވިއްކަން މެދުވެރިންނަށް އޭޖެންޓުންތަކެއް ހަމަޖެއްސި އިރު، އެސްޓީއޯގެ ފިހާރަތައް ވެސް އަތޮޅުތަކުގެ ހިންގަ އެވެ.