Last Updated: July 12, 17:10
Sunday, July 12, 2026
ދުނިޔެ

ޓިކްޓޮކުން ވެސް ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް

Anapa, Russia - February 16, 2018: Woman holding iPhone X with streaming service media and video TikTok on the screen. iPhone ten was created and developed by the Apple inc.

ރަޝިއާ އަށް ދަތިކުރަން ވަރަށް ގިނަ ކުންފުނިތަކުން މިހާރު އެކި ކަހަލަ ފިޔަވަޅުތައް އަޅަމުން އަންނަ އިރު ޓިކްޓޮކުން ވެސް އެކަމާ އެއްކޮޅަށް ނުކުމެއްޖެ އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ބުނި ގޮތުގައި އެ ޕްލެޓްފޯމް ރަޝިއާގައި ބޭނުންކުރާ މީހުންނަށް ލައިވް ސްޓްރީމްނުކުރެވޭ ގޮތަށާއި އާ ވީޑިއޯތައް އަޕްލޯޑް ވެސް ނުކުރެވޭ ގޮތަށް މިހާރު ވަނީ ހަދައިފަ އެވެ. ނަމަވެސް ޓިކްޓޮކްގެ އިން-އެޕް މެސެޖިން ފީޗާ ބޭނުންކުރެވޭނެ އެވެ.

ޓިކްޓޮކުން ބުނި ގޮތުގައި މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ރަޝިއާއާ ބެހޭ ގޮތުން "ފޭކް ނިއުސް" ފަތުރާ އެކިއެކި ޕްލެޓްފޯމްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ހުކުރު ދުވަހު ދިނުމާ ވެސް ގުޅިގެން ކަމަށެވެ. ހުކުރު ދުވަހު އަމަލުކުރަން ފެށި އާ ގާނޫނެއްގައި ބުނާ ގޮތުން "ފޭކް ނިއުސް" ފަތުރާ ފަރާތްތައް މަދުވެގެން 15 އަހަރަށް ޖަލަށް ލެވޭނެ އެވެ.

"ކުރިއެކޭ އެއްގޮތަށް އަހަރެމެންގެ ހިދުމަތްތައް ރަޝިއާގައި އަލުން ދޭން ފަށާނީ މަސްރަހަށް އަންނަ ހެޔޮ ބަދަލުތަކަށް ބެލުމަށް ފަހު. އެހެންވީމަ މި ދަނޑިވަޅުގައި ރަޝިއާ އިން އަމަލުކުރާ ގޮތަށް ޓިކްޓޮކުން ވަރަށް ބޮޑަށް ފާރަވެރިވާނެ،" އެތަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "ޓިކްޓޮކަކީ އަބަދު ވެސް އެ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް އިންސްކަންދޭ ތަނެއް. އެހެންވެ ރަޝިއާގައި އެޅި ފިޔަވަޅަކީ އެކަން އިތުރަށް ކަށަވަރުކޮށްދޭން އެޅި ފިޔަޅުތަކެއް."

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހިންގާ ހަނގުރާމައާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން މިހާތަނަށް މަޝްހޫރު ވަރަށް ގިނަ ކުންފުނިތަކުން ފިޔަވަޅުތައް އަޅާފައިވެ އެވެ.