Last Updated: June 30, 04:45
Tuesday, June 30, 2026
ޚަބަރު

ކަރަންޓާ ހެދި ކެންސަރު ސްކްރީނިން ހުއްޓުމަކަށް!

ސިންގަޕޫރްގެ ޑޮކްޓަރުންގެ ޓީމެއް އައްޑޫއަށް ވަޑައިގެން މިއަދު މެންދުރު ފަށަން ހަމަޖެއްސި ކެންސަރު ސްކްރީނިން މަސައްކަތް ކަރަންޓް ނެތިގެން މެދު ކެނޑިއްޖެ އެވެ.

ފޭދޫ ސިއްހީ މަރުކަރުގައި މެންދުރު ފަހު 1 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާ ސްކްރީންގައި ބައިވެރިވުމަށް މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫން ގިނަ އަދަދެއްގެ ބަޔަކު ސިއްހީ މަރުކަޒަށް ޖަމާވެފައިވާ އިރު ކަރަންޓްގެ ހިދްމަތް ލިބޭނެ ކަމަށް ވަނީ އެއް ގަޑި އިރު ފަހުންނެވެ.

ސިއްހީ މަރުކަޒަށް ސްކްރީން ކުރަން ގޮސް ހުރި މީހަކު ބުނީ ޑޮކްޓަރުންގެ ޓީމް އައިސް އެމީހުން ބޭނުންކުރާ މެޝިނަރީޒް ގުޅައި ނިމެން އުޅެނިކޮށް ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

NBNB (1)

އަދި ސިއްހީ މަރުކަޒުގެ ފަރާތުން އައްޑޫއަށް ކަރަންޓް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނަށް ގުޅުމުން ކަރަންޓް ލިބޭނެ ކަމަށް ބުނެފައި ވަނީ 1 ގަޑި އިރު ފަހުން ކަމަށެވެ.

މޯލްޑިވްސް ކެންސަރު އެސޯސިއޭޝަނާއި ސިންގަޕޫރުގެ ކެންސަރު ޑޮކްޓަރުންގެ ޓީމަކުން އައްޑޫގައި 3 ދުވަހު ސްކްރީނިން ހަރަކާތާއި ކެންސަރާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަރަންޓް ގޮސްގެން ސްކްރީނުން ކުރިއަށް ނުގެންދެވިގެން މަޑު ކުރަން ޖެހުމަށް ފަހު، ކަރަންޓް އަލުން ލިބުމާ އެކު މަސައްކަތް ވަނީ ފަށައިފަ އެވެ.