Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ޓެކްސީއަކަށް އެރި މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ހުޅުމާލެ - ފޮޓޯ: ސަން

ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން ހުޅުމާލެއަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލެ ފޭސް2 އަށް ގެންގޮސްފައިވާކަމަށެވެ. އަދި ގެންގޮސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވަނީ ރޭ 12:50 ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެ ޓެކްސީ ޑްރައިވަރު ހައްޔަރުކުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.