Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

މުލީ އެއާޕޯޓް: ފަޔާ ބިލްޑިންގެ މަސައްކަތް ކުރިއަށް

މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ގެ ދަށުން މިހާރު ކުރިއަށްވަނީ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މ. މުލި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއަށް 2021 ފެބްރުއަރީ 28 ވަނަ ދުވަހު ހަވާލު ކޮށްފައިއޮތް މަޝްރޫއެކެވެ.

އެމްޓީސީސީން ބުނެފައިވަނީ ފަޔަރ ޕޮންޑް ގެ ބްލޮކް ކާސްޓިންގ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.