Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އަންހެނުންގެ ދުވަސް: ރަތް ދޫލައިގެ މަރުހަބާ މަނާ!

އަންހެނުންގެ ދުވަސް މީރާގައި ފާހަގަ ކުރަނީ-- ފޮޓޯ: މީރާ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް މާދަމާ ފާހަގަކުރާ އިރު ބައެއް ކަހަލަ ކަންކަން ރާއްޖޭގައި ނުކުރަން ޖެންޑާ މިނިސްޓްރީން އަންގައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިދިޔަ މަހުހެ 27 ވަނަ ދުވަހު ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ބައެއް ކަންކަމަށް ސަމާލުވުމަށް އެދިފަ އެވެ.

އެގޮތުން ޖެންޑާ މިނިސްޓްރީން ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ވަކި ޖިންސަކަށް ނިސްބަތްވާކަމަށް މުޖުތަމައުގައި ގަބޫލުކުރެވިފައިވާ ކުލަތައް (މިސާލަކަށް އަންހެނުންނަށް ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް" އެދިފަ އެވެ.

އަދި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ރަތް ދޫލަ އަޅައިދީ، މާބޮޑި ދިނުމާއި، ފިނިފެންމާ ދިނުން، ޗޮކުލެޓް، ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި، ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ފަދަ ތަކެތި ހަދިޔާ ނުކުރުމަށްވެސް އެދިފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އެދިފައިވަނީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ"އާ ގުޅުވައިގެން ހިންގޭ ބިނާކުރަނިވި ހަރަކާތްތަކަށް ހެދުމަށް އެދިފައެވެ.

އާންމު ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އޮފީސްތަކުގައި ކުލަ ގަދަ ހަރަކާތްތައް ހިންގައެވެ. އޭގެތެރޭގައި ފިނިފެންމާ ދިނުމާއި ރަތް ދޫލައިން އަންހެން މުވައްޒަފުންނަށް މަރުހަބާ ކިޔުން ހިމެނެ އެވެ.