ޓްރެއިނިން ހަދަންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އިއްޔެ މާފިލާފުއްޓަށް ޓްރޭނިންގ ހަދަންދިޔަ ގދ. ގައްދޫ، ޕްރައިވެޓް މުޙައްމަދު ރާފިލް ރަބީލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ނައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށެވެ.