Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސްޕޯޓްސް އެވޯޑަށް ކާލޯސް ރާއްޖެ އަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސްޕޯޓްސް އެވޯޑު ހަފްލާ އަށް އަންނަން ދިން ދައުވަތު ކާލޯސް ގަބޫލުކުރިކަން ހާމަކުރީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކާލޯސް އަކީ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ވޯލްޑް ކަޕް ކަޕާއި ކޮންފެޑަރޭޝަން ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

* އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

* ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.

* މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)

* ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.

* މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.

* މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.