Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

މާލެ ކައުންސިލުން ޤުރުއާން މުބާރާތަކަށް ހުޅުވާލައިފި

ކުރިއަށް އޮތް ރޯދަ މަހު މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

"މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1443" ގެ ނަމުގައި ބާއްވާ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ސީނިއާ ގުރޫޕާއި ޖޫނިއާ ގުރޫޕެވެ. މުބަރާތް ކުރިއަށް ދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ.

ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 13 އަހަރުން ދަށެވެ. ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.

މި މުބާރާތުގެ ކޮންމެ ގުރޫޕަކުން ވެސް 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވާނެ އެވެ. އަދި މުޅި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވާނެ އެވެ.

މުބާރާތުގެ އިނާމުތަކަކީ:

– ކޮންމެ ގްރޫޕަކުން 1 ވަނަ 7،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 2 ވަނަ 5،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 3 ވަނަ 3،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
– މުޅި މުބާރާތުން 1 ވަނަ 10،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 2 ވަނަ 7000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 3 ވަނަ 5000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 20 އެވެ. މުބާރާތާ ބެހޭ އުސޫލާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.