Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

މާލެ ކައުންސިލުން މަދަހަ މުބާރާތެއް ވެސް ބާއްވަނީ

ކުރިއަށް އޮތް ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލި މާލެ ސިޓީ ކައުންސިލުން މަދަހަ މުބާރާތަކަށް ވެސް ހުޅުވާލައިފި އެވެ.

"މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1443" ގެ ނަމުގައި ގައި ބާއްވާ ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށެވެ. އެގޮތުން މި މުބާރާތު ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 6 އަހަރުން ދަށް، 9 އަހަރުންދަށް އަދި 13 އަހަރުންދަށެވެ. އަދި ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ގަދަ ތިނެއް ވެސް ހޮވާނެ އެވެ.

މުބާރާތުގެ އިނާމުތަކަކީ:

– ކޮންމެ އުމުރުފުރާއަކުން 1 ވަނަ 7،000ރ. އާއި ޓްރޮފީ އަދުި ސެޓްފިކެޓް
* 2 ވަނަ -5،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 3 ވަނަ 3000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް

– މުޅި މުބާރާތުން 1 ވަނަ -/10،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 2 ވަނަ 7،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް
* 3 ވަނަ -/5،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓް

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ވެ. ސުންގަޑި އަކީ މި މަހުގެ 20 އެވެ.