Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ހުޅުމާލޭގައި ކޮވިޑްގެ އާ ފެސިލިޓީއެއް ހުޅުވައިފި

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި އާ ފެސިލިޓީ މިއަދު ހުޅުވައިފި އެވެ.

އެކަމަށް އާ ފެސިލިޓީއެއް ހުޅުވި އިރު، މި އިމާރާތަކީ ކުރިން ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރުގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެވެ. އަލަށް ހުޅުވި ފެސިލިޓީގެ ނަމަކީ "އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު" އަށް ބަދަލުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހުޅުމާލާގެ އާ ކޮވިޑް ފެސިލިޓީ އަކީ 44 އައިސީޔޫ އެނދު ހިމެނޭ އަދި 272 އެނދުގެ ތަނެކެވެ. އެތަނުން އިމަޖެންސީ އަދި އިން-ޕޭޝަންޓް ކެއާ ގެ ހިދުމަތް ވެސް ދެވޭ ގޮތަށް ހަދާފައިވާ އިރު މިހާރުގެ ކެޕޭސިޓީ އަކީ 5 އައިސީޔޫ އެނދާ އެކު 35 އިން-ޕޭޝަންޓު އެނދެވެ.

ހުޅުމާލޭގައި ހުޅުވި އާ ކޮވިޑަށް ހާއްސަ އާ ފެސިލިޓީ އަކީ އެތަނުގައި ހުޅުވި މިފަދަ ދެވަނަ ފެސިލިޓީ އެވެ. މީގެ ކުރިން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ އިމާރާތް ހުޅުމާލެ މެޑިކަލް ފެސިލިޓީ ގެ ނަމުގައި ވަނީ ހުޅުވާފަ އެވެ.