Last Updated: July 12, 14:13
Sunday, July 12, 2026
ވިޔަފާރި

އައިފޯން އެސްއީގެ ޕްރީ-އޯޑަރު ހުކުރު ދުވަހު ފަށަނީ

އެޕަލް އިން ރޭ ބޭއްވި މި އަހަރުގެ ފުރަތަމަ އިވެންޓްގައި އެ ކުންފުނީގެ އާ އައިފޯން އެސްއީ ދައްކާލައި އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ-އޯޑަރަށް ހުޅުވާލަން ނިންމައިފި އެވެ.

ޑިޒައިނަަށް ވެސް ތަފާތު ކަމެއް ގެނެސްފައިވާ އަދި ޑިސްޕްލޭގައި 4.7 އިންޗި އާއި 5ޖީ ނެޓްވޯކާއި އައިއޯސް 15 އާއި އައިފޯން 13 ގައި ވެސް ހިމެނޭ އޭ15 ބައޯނިކް ޗިޕް ވެސް ހިމެނޭ ގޮތަށް ތައްތާރުކޮށްފައިވާ ފޯންގެ އާންމުކޮށް ވިއްކަން ފަށާނީ މި މަހުގެ 18 އިން ފެށިގެންނެވެ. ފޯނު ތިން ކުލައަކުން ލިބޭނެ އެވެ. އެއީ މިޑްނައިޓް، ސްޓާލައިޓް އަދި ޕްރޮޑަކްޓް (ރެޑް) އެވެ.

އައިފޯން އެސްއީގެ އަގު ފެށެނީ 429 ޑޮލަރު (6,628ރ) އިންނެވެ. މިއީ ކުރިން އެ ވިއްކާނެ ކަމަށް ބެލެވުނު އަގަށް ވުރެ ބޮޑު އަގެކެވެ. ކުރިން ބައެއް މީޑިއާތަކުން ބުނި ގޮތުގައި ބަޖެޓް ފޯނެއްގެއް ގޮތުގައި އައިފޯން އެސްއީ ނެރޭ އިރު، އޭގެ އަގު 399 ޑޮލަރަށް ވުރެ ބޮޑެއް ނުވާނެ އެވެ. އެޕަލް އިން 2020 ގައި ނެރުނު އައިފޯން އެސްއީ ވިއްކީ 399 ޑޮލަރު (6,164ރ.) އެވެ.

އެޕަލް އިން ބުނި ގޮތުގައި އާ ފޯނަކީ އޭގެ މަސައްކަތް ވަރަށް ހަލުވި އަދި ބޭނުންކުރަން ހުރިހާ ގޮތަކުން ވެސް ފަސޭހަ، ކެމެރާގެ ކޮލިޓީ ވެސް ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. ހަމައާ އެކު ފޯނުގެ ބެޓެރީ ލައިފް ދިގުވާނެ އެވެ. ޓަޗް އައިޑީ ސެންސަރާއި ބައޮމެޓްރިކް އަންލޮކް ފީޗާ ވެސް ހިމެނޭ އައިފޯން އެސްއީ އަކީ އެޕަލް އިން ބުނި ގޮތުގައި އޭގެ ކުރިމައްޗާއި ފަހަތުގެ މެޓީރިއަލް މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ "ޓަފް ގްލާސް" އެކުލެވޭނެ ފޯނު ވެސް މެ އެވެ.

އެޕަލް އިން އާ އައިފޯން އެސްއީ ސިފަކޮށްފައި ވަނީ އެންމެ ބާރުގަދަ، ވަރުގަދަ އައިފޯން އެސްއީގެ ގޮތުގަ އެވެ.

އެ ކުންފުނީގެ އިވެންޓްގައި އައިފޯން އެސްއީގެ އިތުރުން އައިޕެޑް އެއާ5 އާއި މެކް ސްޓޫޑިއޯގެ އިތުރުން އެޕަލް ސްޓޫޑިއޯ ޑިސްޕްލޭ ވެސް ދައްކައިލި އެވެ.