ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ޕީއޯއެސް މެޝިން މެދުވެރިކޮށް ލިބޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހަމަޖައްސައިފި އެވެ.
އެ ބޭންކުން ތައާރަފުކުރި މި ހިދުމަތް ހުރިހާ ރަށަކުން ވެސް ލިބޭނެ އެވެ. އެމްއައިބީން ބުނީ ކޮންމެ ދުވަހަކު ގިނަވެގެން ޖަމާކުރެވޭނީ 50،000ރ. ކަމަށާއި ޕީއޯއެސް މެޝިނުން ދުވާލަކު ނެގޭނީ 5،000ރ. ކަމަށެވެ.
އެ ބޭންކުން ބުނި ގޮތުގައި އަލަށް ތައާރަފުކުރި ހިދުމަތުގެ ތެރެއިން ފައިސާ ނަގާ ނަމަ 10ރ. ގެ ފީއެއް ނަގާނެ އެވެ.
އެމްއައިބީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކޮށްފައިވާ އިރު، އެ ބޭންކްގެ ހިދުމަތް ފެށީ 2010 ގަ އެވެ.